ސައިކްލޯން އިޑާއީގައި ގެއްލުން ލިބުނު ފަރާތްތަކަށް ރައީސް ގެ ހަމްދަރުދީ

ޒިމްބާބްވޭ، މަލާވީ އަދި މޮޒަމްބިގަށް އެރި ނުރައްކާތެރި ތޫފާން "ސައިކްލޯން އިޑާއީ" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ހިތާމައިގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމްދަރުދީ...

21 Mar 2019 | 05:08

ޒިމްބާބްވޭ، މަލާވީ އަދި މޮޒަމްބިގަށް އެރި ނުރައްކާތެރި ތޫފާން "ސައިކްލޯން އިޑާއީ" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ހިތާމައިގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސް ހަމްދަރުދީ ފޮނުއްވާފައިވަނީ އެ ގައުމުތަކުގެ ރައީސުންނަށެވެ.

މި ތޫފާނުގެ ސަބަބުން 200 މީހުން މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، މި ޙާދިޘާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި އެ ޤައުމު ތަކުގެ ރައްޔިތުން ދެއްކެވި ކެއްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެ ގައުމުތަކުގެ ރައީސުންގެ އަރިހުން އެދިލެއްވިއެވެ.

މި ތޫފާން އަރާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް