ސައިކަލުތަކުގައި ރޯކޮށްލީ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހަކު !

މާފަންނު އިހުސާނު ފިހާރަ ކައިރީގައި ހުރި ސައިކަލުތަކެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައިވާއިރު އެކަން ކުރީ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހެއް ކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެއެވެ...

21 Mar 2019 | 02:36

މާފަންނު އިހުސާނު ފިހާރަ ކައިރީގައި ހުރި ސައިކަލުތަކެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައިވާއިރު އެކަން ކުރީ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހެއް ކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެއެވެ.

އެކި ގޮތްގޮތުން ދުވަހަށް ލިބުނު މައުލޫމާތައް ބަލާއިރު، އެ ދިމާލަށް ވާގޮތަށް އިހުސާނު ފިހާރައިގެ ދެ ކެމެރާއެއް ހުރި ނަމަވެސް އެއިން ކެމެރާއަކަށް މަންޒަރު އަރާފައެއް ނުވެއެވެ. އެ ދެ ކެމެރާ ބޮޑަށް ސެޓު ކޮށްފައިހުރީ އިހުސާނު ފިހާރައިގެ ބިއްދޮށު ދޮރުން އެ ފިހާރައަށް ވަދެ ނިކުމެވާ މީހުން ފެންނަ ފަދަ ގޮތަކަށެވެ. އަނދާ ހުލިވި ސައިކަލުތައް ހުރީ އަނެއް ފަޅީގައެވެ. ނަމަވެސް އަނދާ ހުލިވި ސައިކަލުތަކާއި ދިމާއަށް ފުލުހުންގެ ސީސީ ޓީވީ ކެމެރާއެއް ހުއްޓެވެ.

އިތުބާރު ހުރި ގޮތެއްގައި ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ އެ ކެމެރާތަކަށް މަންޒަރު ވަނީ ރެކޯޑު ކުރެވިފައެވެ. އަދި އެ މަންޒަރުތަކުން ފެންނަ ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލީ ޕެޓްރޯލު ހަންތަކެއް ހިފައިގެން ހެލްމެޓު އަޅައިގެން ދިޔަ ހަތަރު މީހެކެވެ.

މިކަމަށް ހެކިދޭ ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މި މައުލޫމާތުތަކަކީ އިތުބާރުހުރި މަސްދަރަކުން ލިބިފައިވާ މައުލޫމާތެވެ. މި ހާދިސާގައި ޖުމްލަ ހަތް ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައިވެއެވެ. އަދި ކައިރީގައި ހުރި އެހެން ސައިކަލަކަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

މިކަން މިހެން ހިނގާފައިވާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ސައިކަލުގައި ގޮސް، އިއްޔެ ވަނީ މިފްކޯގެ ވޭނެއް ހުއްޓުވައި އެ ވޭނުން ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައެވެ. ސައިކަލުތައް ރޯވުމާއި އެކަމާއި ގުޅުމެއް ވާކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ.

[contentcards url="https://dhuvas.mv/82788"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް