ސައިކަލުތަކެއްގައި ރޯވެ ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މާލޭގައި ސައިކަލު ތަކެއްގައި ރޯވެ، ހަ ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައި ރޯވި އަލިފާން އެމްއެން...

21 Mar 2019 | 00:05

މާލޭގައި ސައިކަލު ތަކެއްގައި ރޯވެ، ހަ ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިރޭ ވަނީ ނިއްވާލާފައެވެ.

"މިރޭ 03:46 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމަކުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރމަނުން ކުރި މަސައްކަތުން  އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 03:55 ހާއިރުއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ހާދިސާގައި ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ދެ ސައިކަލަކަށް އިތުރު ގެއްލުންތައް ވަނީ ލިބިފައި ކަމަށެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ހުރި މ.ސަބުދެލި ގޭގެ ގުރައުންޑް ފްލޯގައި ހަދާފައިވާ ގަރާޖުތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައި އަލިފާން ރޯވެ ގެއްލުންތައް ވެފައިވާކަމުގައިވެސް ސިފައިން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް