މާލޭ ޖަލުގައި ޑިނާ ނައިޓެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެގޮތުން އެޖަލުގައި ރޭ ޑިނަރ ނައިޓެއް ބާއްވައިފިއެވެ. މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަ...

21 Mar 2018 | 07:32

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެގޮތުން އެޖަލުގައި ރޭ ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

ކަރެކްޝަންސް އިން މައުލޫމާތު ދެއްވާގޮތުގައި ރޭގެ ޙަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާ މާލޭ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މޫސާ އަންވަރު އާ އައްސޭރިޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މުޙައްމަދު ޝާހީން އާ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ޑީއެސްޕީ މުޙައްމަދު ޠަލާލްގެއިތުރުން ޖަލުތަކުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުންނާއި މާލޭ ޖަލުގެ ގިނައަދަދެއްގެ ޕްރިޒަން އޮފިސަރުން ބައިވެރިވިއެވެ.

މި ޙަފްލާގައިވަނީ މާލޭ ޖަލުން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ހުށައަޅާފައިވާކަމަށާއި މި ޙަފްލާ ކުރިއަށް ދިޔައީ އެމްސީއެސް ބޭންޑްގެ ލައިވް މިއުޒިކާ ބޮޑުބެރުގެ ޙަރަކާތްތަކާ އެކުގައި ކަމުގައި ކަރެކްޝަންސް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް