ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރް އާދަޔާ ހިލާފު ބަދަލެއް ކުރު މުއްދަތެއްގެ ތެރޭގައި ހަށިގަނޑަށް ގެނެސްފި އެވެ.
އޭނާގެ ފުރަތަމަ ފިލްމު "ބިޔޯންގް ދަި ކްލައުޑް" ގެ ޝޫޓިން މިހާރު ނިމިފައިވާއިރު އެންމެ ހައިރާން ކަމެއް ގެނުވީ ފިލްމަށް ތައްޔާރުވުމަށް ހަށިގަނޑަށް ގެނައި ބަދަލެވެ. އިޝާންގެ ތަރުޖަމާނު މީޑިއާގައި ބުނީ އިޝާން ވަނީ އޭނާ އެ ފިލްމުގައި ފެނިގެންދާ އާމިރުގެ ރޯލު ކުރުމަށް 12 ދުވަހުގެ ތެރޭގައި އަށް ކިލޯ ހަށިގަނޑުން ލުއި ކޮށްފައި ކަމަށެވެ.
ހިކެއް ކުރި މަސައްކަތަކީ ބައިސްކަލު ދުއްވުމާއި ދުވުން ކަމަށެވެ. އާންމުކޮށް ފިލްމީ ތަރިން ހިކެން ބޭނުންވީމަ ހިކުމާއި ފަލަވުމަކީ އާންމު ކަމެކެވެ. އެކަމަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަށް ކިލޯ ލުއި ކުރުމަކީ ގިނަ ބަޔަކު ހައިރާންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޝާންގެ "ބިޔޯން ދި ކްލައުޑް" އަކީ ބޭބެ-ދައްތަގެ ގުޅުން ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމު އަންނަ މަހު ރިލީޒް ކުރާނެ އެވެ.
މި ފިލްމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު އިޝާން ކުޅެމުންދަނީ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފުވާ ފިލްމު "ދަޅަކް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް