އިންޖިނިއަރިން ފެކަލްޓީ ހުސްކުރަނީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގާ އިމާރާތް ހުސްކުރަން މިއަދު އަންގާނެ ކަމަށް ހައުންސިން މިނިސްޓަރު މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ރޭ ކު...

21 Mar 2018 | 05:00

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގާ އިމާރާތް ހުސްކުރަން މިއަދު އަންގާނެ ކަމަށް ހައުންސިން މިނިސްޓަރު މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަނުގެ ރައްކާތެރިކަން ހުރި މިންވަރު މިނިސްޓްރީން ބަލާފައިވާ ކަމަށެވެ. އެގޮތުން އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަން އެނގިފައިވާ ކަމަށެވެ.

https://twitter.com/MMuizzu/status/976138907216564224

ބިލަބޮން ކުރިމަތީގައި ހުންނަ އެ އިމާރާތުގެ މަރާމާތުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އިއްޔެ ވަނީ ޝީޓުން ބައެއް ވެއްޓިފައި އެވެ. އެކަމާ ގުޅިގެން ޔުނިވާސިޓީން ވަނީ ވަގުތުން ކިޔަވައި ދިނުން ހުއްޓާލައި ކުދިން އިމާރާތުން ބޭރަށް ނެރެފަ އެވެ.

މީގެ ކުރިން ވެސް އެމްއެންޔޫގެ އެކި ފެކަލްޓީތައް ހިންގި، ބާ ޖަމާލުއްދީންގެ އިމާރާތް ވަނީ ހައުސިން މިނިސްޓްރީން ނޯޓިސް ދިނުމާއެކު 2015 ގައި ހުސްކޮށްފަ އެވެ.

އެކަމަކު ފަހުން އެ އިމާރާތް އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް