ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާއިން ބަދަލެއް ނުގެނޭ

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ދިވެހިންނަށް ވިސާ ދިނުމުގައި އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިހެން ބުނީ ޓެކްނިކަލް މައްސަލައެއް ...

21 Mar 2018 | 04:00

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ދިވެހިންނަށް ވިސާ ދިނުމުގައި އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، ދިވެހިންނަށް ވިސާ ދިނުން އަންގާރަ ދުވަހާ ހަމައަށް މަޑު ޖައްސާލާފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރުމުންނެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވަނީ ވިސާ ހޯދަން މިއަދު ދިޔަ ބައެއް މީހުންނަށް ވިސާ ނުލިބިގެން ޝަކުވާ ކުރި ކަމަށެވެ.

https://twitter.com/MDVForeign/status/976133170767646720

ފޮރިން މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޓޫރިޒަމް ނޫން ބޭނުންތަކަށް ދިވެހިންނަށް ވިސާ ދޫކުރުން އިންޑިއާއިން މަޑުޖައްސާލާފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވީ ނަމަވެސް އެފަދަ މައްސަލައެއް ނޫޅޭ ކަމަށެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ފޮރިން މިނިސްޓްރީއަށް އެކަން ޔަގީންކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ސްކޫލް ބަންދާ ދިމާކޮށް މިފަދަ މައްސަލަތަކަކާއި ދިމާވެއްޖެ ނަމަ ދިވެހިންނަށް އުނދަގޫވާނެ އެވެ. އެއީ ކޮންމެ ސްކޫލް ބަންދަކާއި ދިމަކޮށް ބޭސްފަރުވާއަށް ދާ ދިވެހިން ގިނަވީމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް