މިއަހަރު ދެވަނައަށް 100 ކްރޯޑް ލިބުނު ފިލްމަކަށް "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ"

މިއަހަރު ބޮލީވުޑްގައި ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ރުޕީސް ލިބުނު ދެވަނަ ފިލްމަކަށް "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ވެއްޖެ އެވެ. ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިއަހަރު ރިލީޒްވި މަޝްހޫ...

21 Mar 2018 | 03:30

މިއަހަރު ބޮލީވުޑްގައި ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ރުޕީސް ލިބުނު ދެވަނަ ފިލްމަކަށް "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ވެއްޖެ އެވެ.

ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިއަހަރު ރިލީޒްވި މަޝްހޫރު ތަރިންގެ ފިލްމު ތަކާއި އަޅާ ބަލާއިރު އެ ފިލްމަށް، ވައްޓާ ނުލެވުނީ ދިޕިކާ ޕަދުކޯން ލީޑްރޯލް ކުޅެފައިވާ "ޕަދްމާވަތް" ކަމަށެވެ. "ޕަދްމާވަތް" ވަނީ ރިލީޒް ކުރި ފަހުން މިހާތަނަށް 114 ކްރޯޑް ރުޕީޒް ހޯދާފައި އެވެ.

އެހެން މަޝްހޫރު ތަރިންގެ ފިލްމުތަކަށް ބަލާއިރު އަކްޝޭ ކުމާރުގެ "ޕެޑްމޭން"، އަޖޭ ދޭވްގަންގެ "ރެއިޑް" އަދި އަނުޝްކާ ޝަރްމާގެ "ޕަރީ" ފަދަ ފިލްމުތަކުން ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ. އެކަމަކު އާމްދަނީގެ ގޮތުން "ޕަދްމާވަތް" އާއި "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އާއި އަޅާ ކިޔޭ ވަރެއް ނުވެ އެވެ.

އެ ފިލްމުތަކުގެ އާމްދަނީއަށް ބަލާއިރު މި ދެ ފިލްމާއި 50 ކްރޯޑް ރުޕީސްގެ ފަރަގު އެބަ އުޅެ އެވެ.

"ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ގައި ލީޑް ރޯލުން ފެނިގެންދަނީ ކާރްތިކް އާރްޔަން، ނުޝްރަތު ބަރުޗާ އަދި ސަނީ ސިންގ އެވެ. ވަލް ރަންޖަން ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ ޒުވާނުންގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް