އިންޑިއާގައި އިސްޓަގްރާމުން ދިން ފުރަތަމަ އެވޯޑު ދިޕިކާ އާއި ވިރާޓްއަށް!

އިންސްޓަގްރާމުން އިންޑިއާގައި ދިން ފުރަތަމަ އެވޯޑު ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އަދި ވިރާޓް ކޮއްލީއަށް ލިބިއްޖެ އެވެ. ދިޕިކާއަށް އެވޯޑު ލިބިފައިވަނީ އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހާގެ އެވޯޑެވެ. ...

21 Mar 2018 | 03:00

އިންސްޓަގްރާމުން އިންޑިއާގައި ދިން ފުރަތަމަ އެވޯޑު ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އަދި ވިރާޓް ކޮއްލީއަށް ލިބިއްޖެ އެވެ.

ދިޕިކާއަށް އެވޯޑު ލިބިފައިވަނީ އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހާގެ އެވޯޑެވެ. މި އެވޯޑަށް ދިޕިކާ އާއި އެންމެ ވާދަކުރީ ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އެވެ. އިންސްޓަގްރާމްގައި 22 މިލިއަނަށްވުރެ ގިނަ މީހުން ދިޕިކާ ފޮލޯ ކުރެ އެވެ.

ވިރާޓް ކޮށްލީއަށް އެވޯޑު ލިބުނީ އެންމެ ގިނަ މީހުން ކޮމެންޓު ކޮށް ލައިކް ދީފައިވާ ޕޯސްޓުތައް އެންމެ  ގިނަ މީހާގެ ގޮތުގައި އެވެ. އާންމު ގޮތެއްގައި ވިރާޓު އޭނާގެ ދިރިއުޅުމުގައި, ހާއްސަކޮށް އަނބިމީހާ އަދި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި އެކު ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރުމަކީ މީހުން އޭނާގެ ފޮޓޯތަކަށް ލައިކްދޭ އަދި ކޮމެންޓު ކުރާ ސަބަބު ކަމަށްވެ އެވެ.

އިންސްޓަގްރާމްގައި 19 މިލިއަނަށްވުރެ ގިނަ މީހުން ވިރާޓް ފޮލޯ ކުރެ އެވެ. ދެން އެންމެ ފާހަގަ ކޮށްލެވޭ އެވޯޑު ލިބުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރަށެވެ. އޭނާއަށް އެވޯޑު ލިބުނީ އެންމެ ގިނަ މީހުން ފޮލޯ ކުރާތީ، ފޮލޯވާސް ގިނަވަމުން އަންނަ މީހެއްގެ އެވޯޑެވެ.

އެވޯޑު ލިބުމުން ކޮންމެ ތަރިއަކުވެސް ބުނެފައިވަނީ ކުރިޔަށް އޮތްތާވެސް ފިލްމީ ހަޔާތާއި ދިރިއުޅުމުގެ އެކި ފޮޓޯތައް ސަޕޯޓަރުންނާއި އެކުވެރިންނާއި ހިއްސާ ކުރަމުންދާނެ ކަމަށެވެ.

އިންސްޓަގްރާމުން ވަނީ ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓަށް އަގުވަޒަން ކުރުމުގެ އެވޯޑެއް ދީފަ އެވެ. އެއީ އެ ދެ ތަރިން ފޮލޯ ކުރާ މީހުންގެ އަދަދު 20 މިލިއަނަށްވުރެ މަތީގައި އުޅޭތީ އެވެ. މި އެވޯޑު މިދިޔަ ނޮވެމްބަރު މަހު ދިޕިކާއަށްވެސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް