އައްޑޫ ގެއެއްގައި އޮތް ކާރެއްގައި ރޯވެ އަނދައިފި

އައްޑޫ ސިޓީ ހިތަދޫ ދިރާމުލިގޭ ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި އެވެ. މި ހާދިސާ އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓު ކުރީ ރޭ ދަންވަރު 2:00 ހާއިރު އެވެ. ސިފައިން ގޮސް އަލިފާން ގަނޑު ކޮންޓްރޯލް...

21 Mar 2018 | 02:21

އައްޑޫ ސިޓީ ހިތަދޫ ދިރާމުލިގޭ ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި އެވެ.

މި ހާދިސާ އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓު ކުރީ ރޭ ދަންވަރު 2:00 ހާއިރު އެވެ. ސިފައިން ގޮސް އަލިފާން ގަނޑު ކޮންޓްރޯލް ކުރަން އެހާ ގިނަ އިރު ނުނަގާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.  އެކަމަކު އަލިފާން ރޯވި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު ގޯތިތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލަކަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު އައްޑޫ ސިޓީގައި ގަސްދުގައި ބަޔަކު ގެއަކަށްވަދެ އަލިފާން ރޯކޮށްލާފައިވެ އެވެ. އެ ހާދިސާގައި އެގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދާ ހުލިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް