އުރީދޫއިން މަގްބޫލު އެންޓަޓެއިންމަންޓް ޕްލެޓްފޯމް "ސްޕޫލް" ރާއްޖެއަށް ތައާރަފް ކޮށްފި

އުރީދޫއިން ސްޕޫލް އާއި ގުޅިގެން، މަގްބޫލް އެންޓަޓެއިންމަންޓް ކޮންޓެންޓް ޕްލެޓްފޯމް ކަމަށްވާ ސްޕޫލްގެ ޕްރީމިއަމް ވަރޝަން ރާއްޖޭގައި ތައާރަފްކޮށްފިއެވެ. މި ޚިދުމަތް މެދުވެރިކޮށް 10000 ގަޑިއިރުގެ ބޮލީވުޑ...

21 Mar 2017 | 15:53

އުރީދޫއިން ސްޕޫލް އާއި ގުޅިގެން، މަގްބޫލް އެންޓަޓެއިންމަންޓް ކޮންޓެންޓް ޕްލެޓްފޯމް ކަމަށްވާ ސްޕޫލްގެ ޕްރީމިއަމް ވަރޝަން ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް މެދުވެރިކޮށް 10000 ގަޑިއިރުގެ ބޮލީވުޑް ފިލްމް ބަލާލެވޭ އިރު، އެންމެ ފަހުގެ ފިލްމްތަކުން ފެށިގެންގޮސް އެންމެ ކުރީގެ ފިލްމުތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށާއި ސްޕޫލްގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، އެ ޕްލެޓްފޯމުން ފޯރުކޮށްދޭ ގިނަގުނަ ފިލްމުތައް ކޮންމެ ސްމާޓް ޑިވައިސް އެއްގައިވެސް ބަލާލެވޭނެ ކަމުގައި އުރީދޫއިން ހާމަކުރެ އެވެ.

ޕްރީމިއަމް ވަރޝަން އަށް އަޕްގްރޭޑް ކުރުމާއި އެކު، ސްޕޫލް އިން ފޯރުކޮށްދޭ ހުރިހާ ފައިދާތައް ތަޖުރިބާކުރެވޭނެއެވެ. މީގެ ތެރޭގައި:

  • ޕްރީމިއަމް ކެޓަލޮގް އަންލިމިޓެޑް އެކްސެސް ލިބުން
  • ފޯނު، ޓެބްލެޓް، ޕީސީ، މެކް އަދި ޓީވީ މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބޭނުން ފިލްމެއް ބަލާލުން
  • ފޯނު އަދި ޓެބްލެޓް މެދުވެރިކޮށް ފިލްމް ޑައުންލޯޑުކުރުން
  • އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލާ ފިލްމު ބަލާލުން.

ސްޕޫލް އަށް ސަބްސްކްރައިބް ކުރުމަށް ފަސޭހަ 3 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.

އުރީދޫއިން ބުނީ ކުރިއަށްއޮތް ތަނުގައިވެސް، އުރީދޫއިން މަސައްކަތްކުރަމުން ގެންދާނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، ކަސްޓަމަރުންނަށް ކަމުދާ ޚިދުމަތްތަކާއި،  އެޕްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޑިޖިޓަލް އެކްސްޕިރިއަންސްއަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް