އިންޖެކްޝަނަކުން ބިއްލޫރިކޮޅެއް ފެނުމުން ރާއްްޖޭގައި ބޭނުން ކުރުމާއި ވިއްކުން މަނާާ ކޮށްފި

އިންޖެކްޝަން ފުޅިއަކުން ބިއްލޫރިކޮޅެއް ފެނުމުން އެޗްޕީއޭއިން އެކަން ބަލަން ފަށާފައިވާކަމުގައި ހެލްތު މިނިސްޓްރީން ބުނެފި އެވެ. ހެލްތު މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ އިއުލާނެއްގ...

21 Mar 2017 | 15:32

އިންޖެކްޝަން ފުޅިއަކުން ބިއްލޫރިކޮޅެއް ފެނުމުން އެޗްޕީއޭއިން އެކަން ބަލަން ފަށާފައިވާކަމުގައި ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ އިއުލާނެއްގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ލެބެން ލެބޯރެޓަރީސް ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އިން އުފައްދާ ތިރީގައިވާ GIM-25 ބެޗް ނަންބަރުގެ އިންޖެކްޝަން ފުޅިއެއްގައި ބިއްލޫރި ކޮޅެއް އޮތްކަން ފާހަގަ ކުރެވިފައިވާތީ މިކަން އެއޮތޯރިޓީން ބަލަމުން އަންނަ ކަމަށެވެ.

"އެހެންކަމުން މިބެޗުގެ އިންޖެކްޝަން އިމްޕޯރޓް ކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ." އެ އިއުލާނުގައި ވެ އެވެ.

Product Name: Ultop

Strength: 40 mg Injection

Generic Name: Pantoprazole

Batch No: GIM-25

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ބްރޭންޑްގެ މިއިންޖެކްޝަން ގެ އެހެން ބެޗްތައް ބޭނުން ކުރާ ފަރާތްތަކާއި ސިއްޚީ ޚިދުމަތް ދޭ މަރުކަޒުތަކުން މިކަމަށް ސަމާލުވެ ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް