ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފެނާއި ކަރަންޓު ބިލަށް 2،000 ރުފިޔާ ދިނުމަށް އިސްލާހެއް ހުށަހަޅައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފެނާއި ކަރަންޓު ބިލަށް  ދައުލަތުގެ ފަރާތުން 2،000 ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ކ.ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހުށަހ...

21 Mar 2017 | 11:54

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފެނާއި ކަރަންޓު ބިލަށް  ދައުލަތުގެ ފަރާތުން 2،000 ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ކ.ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހުށަހެޅި އެ އިސްލާހުގައި ބުުނެފައިވަނީ ކަރަންޓާއި ފެނަށް ޖުމްލަ 2،000 ރުފިޔާ މަހަކު ލިބޭ ރޭޓުގައި ސަބްސިޑީއެއް ދިނުމަށާއި އެ އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުށަހެޅި އިސްލާެހެއް ކަމަށެވެ.

ފައިސަލް ނަސީމް ހުށަހެޅި އިސްލާހުގައި މާލީ އިނާޔާތް ދިނުމުގައި އެއް އާއިލާ އަކަށް ނިސްބަތްވާ އަދި އެއް ގޭބިސީއެއް ހިއްސާކުރާ ނުކުޅެދުންތެރިކަން ހުންނަ އެއް ކުއްޖަކަށް ވުރެ އިތުރުވާ ކޮންމެ ކުއްޖަކަށް ކޮންމެ މީލާދީ މަހަކަށް ކަރަންޓް ބިލާއި ފެން ބިލަށް ވަކިން 500 ރުފިޔާ ސަބްސިޑީގެ ގޮތުގައި އިތުރުކޮށްދޭން ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެ ސަބްސިޑީ ހަމަޖެހޭނީ ދެ ޝަރުތެއް ފުރިހަމަ ވާނަމައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށްވުމާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހާގެ ބެލެނިވެރިޔާއަށް 25،000 ރުފިޔާއިން ދަށުގެ އާމްދަނީއެއް ލިބުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް