ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ފްލޫ އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވީ ނަމަވެސް އަންނަ ހަފްތާގައި ކިޔެވުން ފެށުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނިމިފައި ނުވާ ކަމަށް އެޑީޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ފްލޫއާ ގުޅިގެން ސްކޫލުތަކުގެ އިިތުރުން ކޮލެޖުތަކާއި ޔުނިވާރސިޓީތަކުގެ ކިޔެވުންވެސް މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ. މި ހިނގާ ހަފްތާ އަކީ ސްކޫލުތަކުގެ މިޑް ސެމިސްޓަރ ބްރޭކެވެ. ކިޔަވައިދިނުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ވާހަކަ ދެއްކުމަށްފަހު ކިޔެވުން ފެށުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.
އެޗްޕީއޭއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި އެޗް1އެން1 އަށް ޕޮސިިޓިވް ވި މީހުންގެ އަދަދު ވަނީ 147 އަށް އިތުރުވެފައެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 22 އަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް