އިތުރު އަށް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެ އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 32 އަށް

އިތުރު އަށް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެ މި ބައްޔާއި ގުޅިގެން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 32 އަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުގައިވ...

21 Mar 2017 | 11:26

އިތުރު އަށް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެ މި ބައްޔާއި ގުޅިގެން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 32 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުގައިވާގޮތުން މި އަހަރު މިހާތަނަށް އެޗް1އެން1 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 155 އެކެވެ. އިއްޔެގެ ތަފާސް ހިސާބުގައި މި އަދަދަކީ 145 އެކެވެ. މި އަދުގެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުން މި ބަލީގެ ސަބަބުން އެޑްމިޓް ކޮށްފައިވާމީހުންގެ އަދަދަކީ 32 އެވެ. އިއްޔެގެ ތަފާސްހިސާބުގައިވާގޮތުން މި އަދަދަކީ 22 އެވެ.

މި ބަލީގެ ސަބަބުން ތިން މީހަކު މިހާތަނަށް ނިޔާވެފައިވެ އެވެ. އެއީ ބިދޭސީއަކާއި 51 އަހަރުގެ އަންހެނަކާއި އަދި 26 އަހަރުގެ ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް