އައިޖީއެމްއެޗު އައިސީޔޫގައި ތިބީ އެޗް1އެން1 ޖެހިފައިވާ ބަލި މީހުން އެކަނި، ނުވަ މީހުން އެބަތިބި!

އައިޖީއެމްއެޗު އައިސީޔޫ މިހާރު ހާއްސަ ކުރެވިފައިވަނީ ހަމައެކަނި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ޖެހިފައިވާ ބަލި މީހުންނަށް އެކަނި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އައިޖީއެމްއެޗުގެ މީޑިއާ ޔުނިޓްގެ ޑ...

21 Mar 2017 | 11:25

އައިޖީއެމްއެޗު އައިސީޔޫ މިހާރު ހާއްސަ ކުރެވިފައިވަނީ ހަމައެކަނި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ޖެހިފައިވާ ބަލި މީހުންނަށް އެކަނި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު އެޗް1އެން1 ޖެހިފައިވާ ނުވަ މީހަކަށް ފަރުވާދެމުންދާ ކަމަށެވެ. އަދި ވޯޑުތަކުގައި އެ ބަލި ޖެހިފައިވާ 27 މީހަކަށް ފަރުވާދެމުންދާ ކަމަށެވެ.

މައުސޫމް ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން ދިޔަ އެހެން މީހުންގެ ގަޔަށް އެ ބަލި އަރާފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އައިސީޔޫގައި ދެވޭ ފަރުވާ ދޭ އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާ ކޮންޓްރޯލް ވަންދެން އަމަލު ކުރަމުންދާނީ މި އުސޫލުގެ ދަށުން ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ ޝެޑިއުލް ކުރެވިގެން ކުރާ އޮޕަރޭޝަންތައް ކުރުންވެސް ހުއްޓާލާފައި އެވެ. މައުމޫމް ވިދާޅުވީ އެމާޖެންސީކޮށް ކުރަންޖެހޭ އޮޕަރޭޝަނެއް ނޫނީ މި ދުވަސްވަރު ނުކުރާނެ ކަމަށެވެ.

އެޗް1އެން1 ޖެހިގެން މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 150 ށްވުރެ މައްޗަށް ގޮސްފައި އެވެ. އެކަމަކު އަދި ބަލި ކޮންޓްރޯލްވާން ފަށާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް