އެކްސިޑެންޓުތައް މަދުކުރުމަށް އައްޑޫ ސިޓީގެ މަގުތަކުގައި ޒަމާނީ ސްޕީޑް ބްރޭކަރު ހަރުކުރަނީ

އައްޑޫ ސިޓީގައި އެކްސިޑެންޓުތައް ހިނގަމުން އަންނަ އަދަދު ކަންބޮޑުވާ ވަަރަށް އިތުރު ވާތީ އެ ސިޓީގެ މަގުތަކުގައި ޒަމާނީ ސްޕީޓް ބްރޭކަރު ހަަރުކޮށްފިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އައްޑޫ ...

21 Mar 2017 | 10:25

އައްޑޫ ސިޓީގައި އެކްސިޑެންޓުތައް ހިނގަމުން އަންނަ އަދަދު ކަންބޮޑުވާ ވަަރަށް އިތުރު ވާތީ އެ ސިޓީގެ މަގުތަކުގައި ޒަމާނީ ސްޕީޓް ބްރޭކަރު ހަަރުކޮށްފިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ތާރު އެޅި މަގުތަކުގެ އެކި އެކި ސަރަހައްދުަގައި ޖުމްލަ 40 ސްޕީޓް ބްރޭކަރު ވަނީ ހަރުކޮށްފައެވެ.

ތާރު މަގުުތަކުގައި ކުރިން ސްޕީޓް ބްރޭކަރު ހުރި ނަމަވެސް އެ ސްޕީޓް ބްރޭކަރުތައް ނަގައި ޒަމާނީ ސްޕީޓް ބްރޭކަރުތައް ހަރުކުރުމުގެ މަަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ހައުސިންގ މިނިސްޓްރީ އިން ވަނީ އެމްއާރުޑީސީ އާ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ ލިންކް ރޯޑުގައި މި އަހަރުގެ މިހާތަނަށް ހިނގި އެކްސިޑެންޓުތަކުގައި ދެ މީހަކު މަރުވެފައިވާއިރު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކުވެސް އެވުރެޖުކޮށް 50 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް