ދަތުރުދާނެ ރަށެއް ހަދަން ގަލުފަޅު ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި ކ. ގަލުފަަޅު ހިއްކައިގެން ޕިކްނިކް އައިލެންޑަކާއި ރިސޯޓެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ރައީސުލްޖުމްހޫރި...

21 Mar 2017 | 09:53

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި ކ. ގަލުފަަޅު ހިއްކައިގެން ޕިކްނިކް އައިލެންޑަކާއި ރިސޯޓެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ކަނޑައަޅާ މިންގަނޑަކަށް ކ. ގަލުފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރަން ހުށަހަޅާ ފަރާތަށް އެއްވެސް އަގަކާ ނުލައި، 50 އަހަރުގެ މުއްދަތަކަށް އެފަޅު ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. އާއްމުގޮތެއްގައި ފަޅެއް ކުއްޔަށް ދެނީ 20 މިލިޔަން ޑޮލަރާއި 50 މިލިޔަން ޑޮލަރާ ދެމެދުގެ އަގަކަށެވެ.

އެމްއައިޓީޑީސީގެ އިއުލާނުގައި ވާގޮތުން އިންވެސްޓަރަށް ރިސޯޓެއް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ އެ ފަޅުގައި ޕިކްނިކް އައިލެންޑް ހެދުމަށްފަހު ބާކީ އޮތް ސަރަހައްދުގައެވެ.

ގަލުފަޅުގައި ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ހަތް ހެކްޓަރުގެ ރަށެއް ކަމަށާއި އެ ރަށުގައި އެއްފަހަރާ ދެ ފެރީއަށް ޚިދުމަތް ދެވޭ ޖެޓީއަކާއި، ހަތަރު މީހުންގެ ޖާގަ އޮންނަ 20 ކޮޓަރި އާއި، ފިހާރައަކާއި، ވޯޓާ ސްޕޯޓްސް އޭރިއާއެއްގެ އިތުރުން ފުޓްސަލް ޕިޗަކާއި ވޮލީ ކޯޓެއް ހިމެނޭ ގޮތަށް ރިކްރިއޭޝަނަލް އޭރިއާއެއް ތަރައްގީކުރަން ކަނޑައަޅާފައިވާކަމަށް އިއުލާނުގައި ވެއެވެ.

މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ފަޅެއް ހިއްކަން ނިންމީ އާންމުކޮށް ދަތުރުދާ ދެ ރަށް ކަމަށްވާ ފޭދޫ ފިނޮޅާއި ކުޑަނބޮޑުގައި ރިސޯޓު ތަރައްގީ ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް