ދުނިޔޭގެ އެއްމެ އުފާވެރި ގައުމަކީ ނޯވޭ، ލިސްޓުގައި 155 ގައުމު ހިމެނޭ

ސަސްޓޭނަބަލް ޑެވެލޮޕްމެންޓް ސޮލިއުޝަން ނެޓްވޯކުން ކޮންމެ އަހަރަކު ހާމަކުރަމުން އަންނަ "ދުނިޔޭގެ އެއްމެ އުފާވެރި ގައުމުތަކުގެ ރޭންކިން" އިން ނޯވޭ އަށް އެއްވަނަ ލިބިއްޖެ އެވެ. މި ރޭންކިން ހާމަކުރަމުން އ...

20 Mar 2017 | 23:39

ސަސްޓޭނަބަލް ޑެވެލޮޕްމެންޓް ސޮލިއުޝަން ނެޓްވޯކުން ކޮންމެ އަހަރަކު ހާމަކުރަމުން އަންނަ "ދުނިޔޭގެ އެއްމެ އުފާވެރި ގައުމުތަކުގެ ރޭންކިން" އިން ނޯވޭ އަށް އެއްވަނަ ލިބިއްޖެ އެވެ.

މި ރޭންކިން ހާމަކުރަމުން އަންނަތާ މިހާރު ފަސް އަހަރު ވެފައިވާއިރު މިދިޔަ އަހަރު ނޯވޭ އޮތީ ލިސްޓްގެ ހަތަރު ވަނައިގަ އެވެ. ލިސްޓްގައި 155 ގައުމެއް ހިމަނާފައިވާއިރު ރޭންކް ކުރުމުގައި ބަލާފައިވަނީ އާއްމު ފަރުދުންގެ ސިއްހީ ހާލަތާއި މިނިވަންކަމުގެ ހާލަތާއި މިފަދަ ބައެއް ކަންކަމަށެވެ.

މިދިޔަ އަހަރު އެ ރޭންކިންގެ އެއްވަނައިގާ އޮތީ އެމެރިކާ އެވެ. ނަމަވެސް މި އަހަރު އެމެރިއަށް ލިބިފައިވަނީ 14 ވަނަ އެވެ.

ލިސްޓްގެ ދެވަނައިގާ ޑެންމާކް، ތިންވަނައިގާ އައިސްލޭންޑް އަދި ހަތަރުވަނައިގާ ސްވިޒަލޭންޑް ހިމެނިފައިވާއިރު މި ލިސްޓްގައި ރާއްޖެ ހިމެނިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް