ނަމަކަށް ސައްދާމު ހުސެއިން ކިޔާތީ ވަޒީފާ ނުލިބުމުން ނަން ބަދަލުކޮށްފި، އެވަރުންވެސް ކާމިޔާބެއް ނުވި !

އިންޑިއާގެ ރައްޔިތެއްގެ ނަމަކަށް ސައްދާމް ހުސެއިން ކިޔާތީ ވަޒީފާ ނުލިބުމުން އޭނާގެ ނަން ސާޖިދު އަށް ބަދަލު ކޮށްފި އެވެ. އުމުރުން 25 އަހަރުގެ މިމީހާ ބުނެފައިވާގޮތުންނަމަ 2014 ވަނަ އަހަރު މެރިން އިންޖިނ...

20 Mar 2017 | 23:03

އިންޑިއާގެ ރައްޔިތެއްގެ ނަމަކަށް ސައްދާމް ހުސެއިން ކިޔާތީ ވަޒީފާ ނުލިބުމުން އޭނާގެ ނަން ސާޖިދު އަށް ބަދަލު ކޮށްފި އެވެ.

އުމުރުން 25 އަހަރުގެ މިމީހާ ބުނެފައިވާގޮތުންނަމަ 2014 ވަނަ އަހަރު މެރިން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމަށްފަހު މިހާތަނަށް ކުރި މަސައްކަތުން ވަޒީފާއެއް ލިބިފައި ނުވާކަމަށެވެ. އޭނާއަށް ވަޒީފާ ދިނުމަށް 40 ކުންފުންޏަކުން ދެކޮޅު ހަދާފައިވާކަމަށެވެ.

އޭނާ ވަޒީފާ ހޯދަން މަސައްކަތް ކުރަމުން އަންނަނީ ޝިޕިން ކުންފުނިތަކުން ކަމުގައިވާއިރު ވަޒީފާ ނުލިބުމުގެ ސިއްރަކީ ނަން ކަމުގައި އެނގުނީ ވަރަށް ފަހުން ކަމަށް އޭނާ ބުނެފައި ވެ އެވެ. އަދި މިހާރު ނަން ބަދަލު ކުރުމުންވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމުގައި އޭނާ ބުނެފައި ވެ އެވެ.

އޭނާ ބުނެފައިވަނީ ނަމަކަށް ސައްދާމް ކިޔާތީ ވަޒީފާދޭން ޝިޕިން ކުންފުނިތަކުން ޖެހިލުންވަނީ އެކި ގައުމުތަކުގެ ބޯޑަރު ހުރަސް ކުރުމާއި ގައުމުތަކަށް ބޯޓުތައް އެތެރެވުމުގައި ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ބުނެ އެވެ.

ސައްދާމުގެ ނަން ސާޖިދުއަށް ބަދަލު ކުރި ނަމަވެސް އޭނާ ކިޔެވި ކޮލެޖުން ބުނެފައިވަނީ ސެޓްފިކެޓްގެ ނަން ބަދަލު ކުރެވޭނީ ގްރޭޑް 10 އަދި 12 ގެ ސެޓްފިކެޓްތަކުގެ ނަން ބަދަލުކޮށް ހުށަހެޅުމުން ކަމަށެވެ. ތައުލީމީ ސެޓްފިކެޓްތަކުގެ ނަން ބަދަލު ނުކުރެވޭތީ އަދިވެސް ސާޖިދު އަށް ވަޒީފާއެއް ލިބިފައި ނުވާކަމަށް އޭނާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް