އެމެރިކާގައި މަތީ ތައުލީމަށް ކިޔަވަމުންދިޔަ ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ދެ ދަރިވަރަކު މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރުވެފައިވަނީ އުމުރުން 24 އަހަރުގެ މުހައްމަދު މުފްތީ ކިޔާ މީހަކާއި އުމުރުން 21 އަހަރުގެ އަމްޖަދު ބަލްޚައިރު ކިޔާ މީހެކެވެ. މި ދެމީހުންވެސް މަރުވެފައިތިއްބާ ފެނުނީ އިލްނޯއި ސްޓޭޓްގެ ރޮކްފޯޑް ސިޓީގެ ކެމްޕަހެއްގެ ގަރާޖެއްގެ ތެރޭގަ އެވެ.
އެމެރިކާގައި ކިޔަވަމުން އަންނަ ސައުދީ ދަރިވަރުންގެ ކްލަބުގެ ރައީސް ފައިސަލް އަލް އަންޒީ ބުނެފައިވަނީ މި ދެ މަރުގެ ތަހުގީގު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ފަށާފައިވާކަމަށެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ މިއީ ގަތުލެއް ކަމަށް އަދި ބެލެވެން ނެތް ކަމަށެވެ. އެހެންނަމަވެސް ރޮކްފޯޑް ސިޓީގެ ފަޔަރ ޑިޕާޓްމެންޓުން ބުނެފައިވަނީ އެ ގަރާޖުގައި ކާބަން މޮނޮކްސައިޑްގެ އަސަރު ފެންނަން ހުރި ކަމަށެވެ.
މި ދެ ދަރިވަރުންގެ އޮޓޮޕްސީ ރިޕޯޓް ދާދި އަވަހަށް ހެދުމަށް ހަމަޖެހިފައިވާއިރު އޮޓޮޕްސީގެ ނަތީޖާ ލިބޭނީ ދެ ހަފްތާ ފަހުންކަމުގައި އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް