މިސްރުގެ ސްކޫލުތަކެއްގައި ކާނާ ވިހަވުމުގެ ސަބަބުން ދެހާހަށްވުރެ ގިނަ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައިވާކަމުގައި އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
މިސްރުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ސޮހާގް ސިޓީގެ ދެކުނު ޕްރޮވިންސްގެ އަށް ސްކޫލެއްގައި ކާނާ ވިހަވުމުގެ ސަބަބުން 2262 ދަރިވަރަކު އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި ކާނާ ވިހަވީ ސްކޫލުން ފޯރުކޮށްދިން ނާސްތާއެއް ކެއުމުން ކަމުގައިވެސް މިސްރުގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.
އެޑްމިޓް ކުރި ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ދޫކޮށްލާފައިވާއިރު ސްކޫލުން ދިން ނާސްތާގެ ޓެސްޓްތައް ހަދާފައިވާކަމަށާއި އަދި އެ ނާސްތާއިން ވިހަ މާއްދާއެއް ފެނިފައިވާއިރު ސޮހާގް ސިޓީގެ ސްކޫލުތަކުގެ ނާސްތާ ޕްރޮގްރާމް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމުގައިވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް