އައިއެސް ޖަމާއަތުން، އިރާގު ފުލުހުންގެ ކާނަލަކާއި އިތުރު އަށް އޮފިސަރަކު ރަހީނު ކޮށްފި އެވެ.
ކާނަލަކާއި ފުލުހުންގެ އިތުރު އަށް އޮފިސަރަކު ރަހީނު ކޮށްފައިވަނީ އިރާގުގެ ސިޓީއެއްކަމުގައިވާ މޯސުލް އިން އައިއެސް ފައްސާލުމަށް އިރާގު ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިންނެވެ.
މޯސުލްގައި ފާއިތުވި މަހެއްހާ ދުވަހު އައިއެސްއާއި އިރާގު ސިފައިންނާއި ފުލުހުން ހަނގުރާމަކުރަމުންއަންނައިރު މޯސުލްގެ ބޮޑު ބަޔަކުން އައިއެސް، މިހާރުވަނީ ފައްސާލާފަ އެވެ. ނަމަވެސް ކާނަލަކާއި އަށް އޮފިސަރަކު ރަހީނުކުރުން ވެގެންގޮސްފައިވަނީ އިރާގު ސިފައިންނަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމަކަށްކަމުގައި އިރާގުން ވަނީ ހާމަކޮށްފަ އެވެ.
އިރާގާއި ސީރިޔާއިން އައިއެސް ޖަމާއަތް ނައްތާލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަކީ އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ކޯލީޝަނަކާއި އިރާގާއި ސީރިޔާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަށް މިހާރު ތިން އަހަރުވެފައިވާއިރު ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި މި އަހަރު ނިމެންވާއިރަށް އައިއެސް އެއްކޮށް ނައްތާލެވޭނެކަމަށް އެމެރިކާއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް