ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ދާން ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ނާންގާކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނަވާ ޖަލްސާއަކަށް ދިއުމަށް ހުރިހާ މުވައްޒަފުންނަށް އަންގާފައިވާކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގައި ބުނެފައިވަނީ މަގުބޫލު އުޒުރަކާއި އެކު ހާޒިރު ނުވެވޭ މުވައްޒަފުން ޑީޕާޓްމަންޓުތަކުގެ ވެރިންނަށް އެކަން އަންގަން ވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ފެނަކައިން ބުނީ ދައުރުވަމުން ދަނީ އަސްލެއް ނެތް ލިޔުމެއް ކަމަށެވެ. އެއީ ވަކި މީޑީއާއަކުން ފަތުރަމުންދާ ހަބަރެއް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް މިރޭ އެމްޑީޕީން ބާއްވާ ޖަލްސާއަށް ދާން ނާންގާކަމަށެވެ. އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިފަވެ އެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ ނަމުގައި އެފަދަ ދޮގު ހަބަރު ފަތުރާފައިވާތީ ކަމާ ބެހޭ ފަރާތްތަކަށް އެކަން ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
https://twitter.com/TeamFenaka/status/1230862287646478336
https://twitter.com/shuja3831/status/1230850439697944576/photo/1
ދައުރުވަމުންދާ މި ލިޔުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގަދަކަމުން ޕީޕީއެމް ޖަލްސާތަކަށް ގެންދާ ވާހަކަ ދައްކަން މި ސަރުކާރު ރަނގަޅު ނޫންކަމަށް ބުނަމުންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް