ފުނަދޫގައި އުމުރުން ދެ އަހަރު ނުވާ ކުއްޖަކު ގެނބިގެން މަރުވެއްޖެ

ށ. ފުނަދޫގައި އުމުރުން ދެ އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ. މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ރަށުގައި ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެފައިވާ...

21 Feb 2020 | 13:39

ށ. ފުނަދޫގައި އުމުރުން ދެ އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ރަށުގައި ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ ފުލުހުން އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ހަވީރު ވަގުތެއްގައި މިކަން ހިނގާފައިވަނީ އެ ކުއްޖާގެ މަންމަ އަސުރު ނަމާދުކުރަން ވުލޫ ކުރަން ވަތްން ވަގުތު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ގެއަކީ މޫދާއި ގާތުގައި ހުންނަ ގެއެއް ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ އެރަށުގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

އެ ކުއްޖާއަކީ މިދިޔަ ޖެނުއަރީ14 ވަނަ ދުވަހު އެކަނި ހިބަރު ބާނަން ނުކުމެ އުޅެނިކޮށް ނަނު އޮޅިގެން މަރުވި މީހާގެ ކާފަ ދަރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް