ނޭކުރެންދޫގައި 60 އަހަރުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ހދ. ނޭކުރެންދޫގައި 60 އަހަރުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅީ ރޭގަ އެވެ. ފުލުހުން ބުނީ އެމީހާއަށް އެކި ވަރުގެ އަނިޔާތަށް ލ...

21 Feb 2020 | 11:35

ހދ. ނޭކުރެންދޫގައި 60 އަހަރުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅީ ރޭގަ އެވެ. ފުލުހުން ބުނީ އެމީހާއަށް އެކި ވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށެވެ. ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެ އެވެ.

އެކަމަކު އެމީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު އޮތީ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. އަދި ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގަ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ދެ ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ. އެއީ34 އަހަރާއި29 އަހަރުގެ ދެ މީހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި60 އަހަރުގެ ފިރިހެން މީހާ އަކީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރަކަށް އިންނަ މީހާއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް