ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން ބުނެފައިވަނީ މި ޖަލްސާާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނެ ކަމަށެވެ. މާލޭގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައި އެވެ.
މާލޭގެ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނަވާނެ އެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ8:45 ގައި އެވެ.
މިފަހަރުގެ އިންތިހާބުގައި އެމްޑީޕީން ބޭނުންކުރާ ތީމް އަކީ "ރަށްވެހި ފަތިސް" އެވެ. އޭގެ ދަށުން މިދިޔަ ހޮނޮހިރު ދުވަހު ވަނީ މުޅި ރާއްޖޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ.
ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެ ބަންދުވި އިރު އިންތިހާޞުގައި ވާދަ ކުރަން ފޯމް ހުށަހެޅި އަދަދު އަދި އީސީން ހާމައެއް ނުކުރެ އެވެ.
އެކަމަކު ނ. ކުޑަފަރީ ކައުންސިލްގެ ތިން ގޮނޑި އިންތިހާބަކައި ނުލާ އެ ޕާޓީއަށް ކާމިޔާބުވިކަން އެމްޑީޕީން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ކައުންސިލް ރައީސް އާއި ކައުންސިލްގައި ހިމެނޭ އަންހެން ދެ މެންބަރުންގެ ގޮނޑިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް