ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާގައި ދިވެހިން ބައިވެރިއެއް ނުވޭ: ފުލުހުން

އަވައްޓެރި ސްރީލަންކާއަށް މިދިޔަ އަހަރު ދިން ޓެރަރިސްޓު ހަމަލާގައި ދިވެހިން ބައިވެރިވިކަން އެގައުމުގެ ފުލުހުން ކަށަވަރުކޮށް ނުދޭކަމަށް ދިވެހި ފުލުހުން ބުނެފި އެވެ. ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެ...

21 Feb 2020 | 10:05

އަވައްޓެރި ސްރީލަންކާއަށް މިދިޔަ އަހަރު ދިން ޓެރަރިސްޓު ހަމަލާގައި ދިވެހިން ބައިވެރިވިކަން އެގައުމުގެ ފުލުހުން ކަށަވަރުކޮށް ނުދޭކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާގައި ދިވެހިންގެ ބައިވެރިވުންވޭތޯ އެ އިދާރާއިން ބަލަމުންދާކަމަށެވެ. އެކަމަކު މިހާތަނަށް އެފަދަ މައުލޫމާތެއް ލަންކާ ފުލުހުން ދީފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގަ އާއި ބައިނަލް އަގުވާމީ ފެންވަރުގަ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"އަދި 2019 އޭޕްރީލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުން އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާބެހޭ އިދާރާއަކުން މި ސާވިސް އަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން މި ބަޔާން ނެރުނު އިއްޔެ ލަންކާއަށް ދިޔަ ދިވެހިންތަކެއް ހައްުޔަރުކޮށްފި ކަމަށްބުނެ ބައެއް ނޫސްތަކުގައި ހަބަރު ފެތުރުމުންނެވެ. ލަންކާގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ ފުލުހުން ބުނީ އިއްޔެ އެއްވެސް ދިވެއްސަކު އެ ގައުމުގައި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ހަތަރު ދިވެއްސަކު އިއްޔެ ލަންކާގައި ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް