ނ. ކުޑަފަރީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި އިންތިހާބަކައި ނުލާ އެމްޑީޕީން ކަށަވަރުކޮށްފި އެވެ.
އެމްޑީޕީއަށް އެކައުންސިލުން އިންތިހާބަކައި ނުލާ ލިބިފައިވަނީ ރައީސް ކަމުގެ ގޮނޑިއާ ކައުންސިލްގައި ހިމެނޭ އަންހެނުންގެ ދެ ގޮނޑި އެވެ. އެހެންކަމުން ކުޑަފަރީ ކައުންސިލްގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުނީ އެވެ.
ކުޑަފަރީ ކައުންސިލަށް މެންބަރުން ހޮވުމަށް ދެން އިންތިހާބު ބާއްވަން ޖެހޭނީ އެ ކައުންސިލްގައި ހިމެނޭ އާންމު ދެ މެންބަރަކު ހޮވުމަށް އެކަންޏެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ކުރިން އެމްޑީޕީ މެޖޯރިޓީ ނަގާފައިވާ ކަމަށެވެ. އަދި ކުޑަފަރީ ކައުންސިލްގެ ބާކީ ދެ ގޮނޑިވެސް އެ ކައުންސިލުން ކާމިޔާބު ކުރާނެ ކަމަށެވެ.
https://twitter.com/waddey_/status/1230540766688137216
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ އިއްޔެ ހަވީރު4:00 ގައި އެވެ. ބައެއް ކައުންސިލްތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރޭގައި މިގޮތަށް، އިންތިހާބަކާ ނުލައި ގޮނޑި ކަށަވަރުވީ މެމްބަރުން އެބަތިއްބެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން އަދި އެކަން އާއްމެއް ނުކުރެ އެވެ.
އެމްޑީޕީން ގާތްގަނޑަކަށް ހުރިހާ ދާއިރާތަކަކަށް ވާދަކުރެ އެވެ.
އަންނަ އޭޕްރިލް މަހުގެހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާޞުގައި980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް930 މެންބަރުން އިންތިހާބު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް