އެމްއެމްއޭ އެފްއައިޔޫގެ ކުރީގެ ވެރިޔާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވާން އަންގައިފި

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން ހިންގި އިރު އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި އިބްރާހިމް އާތިފް ޝަކޫރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒި...

21 Feb 2019 | 07:44

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން ހިންގި އިރު އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި އިބްރާހިމް އާތިފް ޝަކޫރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް ސިޓީ ފޮނުވައިފިއެވެ.

މަޖިލީހުން ފޮނުވި ސިޓީ އާތިފް ޓްވީޓް ކުރައްވައި ވިދާޅުވެފައިވަނީ އޭނާ ހުންނެވީ އައިއެފްޔޫގެ ވެރިޔާގެ ގޮތުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ވާހަކަތައް ހިއްސާކުރައްވާނެ ފުރުސަތަކަށް އެދިއެދި ކަމަށެވެ. އަދި ވާހަކަ ދައްކަވާނީ އިހުލާސްތެރި ކަމާއެކު ކަމަށާއި ހާމަކުރައްވާނީ ތެދު މައުލޫމާތު ކަމުގައިވެސް އާތިފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވާ އާތިފަށް ފޮނުއްވާފައިވާ ސިޓީގައި، އާތިފް ހާޒިރުވާން އަންގާފައިވަނީ މި މަމުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުރު 02:30 އަށެވެ.

2015  ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ މަގާމުން އާތިފް އިސްތިއުފާ ދެއްވާފައިވާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގުގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ.

ނަމަވެސް، އެކަން ތަހުގީގުކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އޭރުގެ ގަވަރުނަރު އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމުގައި އާތިފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް