ކޫރިއަރ މެދުވެރިކޮށް ނެދަލެންޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި 19 ފެބުރުވަރީ 2019 ވި އަންގާރަ ދުވަހު ކަސްޓަމްސްއިން ވަނީ އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ ޕާރުސަލް ކަސްޓަމްސްއިން ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ 32 ގްރާމުގެ ހުދު ކުލައިގެ ކުނޑިތަކެއް ވަނީ ފެނިފައި ކަމަށެވެ. އަދި މި ތަކެތި ކަސްޓަމްސްއިން އިތުރަށް ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކޭންއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ 96،000 ރުފިޔާ ކަމުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެ ފަރާތުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް