ހުޅުމާލޭގައި މީހެެއްގެ މެއަށާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:10 ހާއިރު ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީދައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
"މާރާމާރީގައި އަނިޔާ ލިބިފައިވަނީ 33 އަހަރުގެ ފިރިހެނަކަށް، މި މާރާމާރީގައި އޭނާގެ އަތަށާއި ބޮލަށް އަދި މެއަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް