ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަން ގޮވާލައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ކުރި މުޒާހަރާގައި، ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕްގެ ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގަލެއް ލި ކަމަށް އެއްބަސްވެވަޑައިގެންފިއެވެ.
ނިހާން މިކަމަށް އެއްބަސްވެވަޑައިގެންފައިމިވަނީ ޕޭވްމަންޓް ގަލެއް ނަގައިގެން ގޮސް ފުލުހުންގެ ވެހިކަލްގެ ފުރޮޅުގެ ދަށަށް ލާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފެށުމުން އެކަމާ ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ނިހާން ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެހިކަލެއް ރައްޔިތުން ތަކެއް ތެރެއަށްވަދެ، ފަހަތަށް ދުއްވަން އުޅެފިނަމަ ރައްޔިތުންނަށް އަނިޔާ ވެދާނެތީ އެފަދަ ކަމަކުން ރައްޔިތުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއް ކަމަށެވެ.
https://twitter.com/SREFKKBK/status/1098282071020122113
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމާލުމަށް ފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ދިމާލަށް ދަމުން ނިހާން، އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ގަލެއް ލާ މަންޒަރެވެ. އަދި ފުރޮޅު ދަށަށް ގާ ފަހު ނިހާން ވަރަށް ބާރަށް ކުރީ ސަފަށް ގޮސް އެންމެން އައުމަށް އަތުން އިޝާރާތް ކުރާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް