މަޖިލީހުން ނިންމި ނިންމުންތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި

ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސް ކުރުމާއި އިތުރު 30 ދުވަހަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކުރި ފާސްކުރުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ. ސުޕްރީމް ކޯޓުން މި ...

21 Feb 2018 | 12:57

ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސް ކުރުމާއި އިތުރު 30 ދުވަހަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކުރި ފާސްކުރުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މި ވަގުތީ އަމުރު ނެރެފައިވަނީ މަޖިލީހަށް ދޭން ޖެހޭ އިސްތިޝާރީ ފަލާ ދެވެންދެން ކަމުގައި ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައި ވެ އެވެ.

ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާ ގަރާރާއި އިސްލާހުތަކުގެ ގަރާރު ހިމެނޭގޮތަށް އަދި 30 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ނިންމާފައިވާގޮތަށް އަމަލު ކުރަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް