މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ އުވި ގޮސްފައިވާ ހާލަތެއް ކަމަށާއި އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށްލަން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އަންގާފައިވާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
ނަމަވެސް މިކަމުގައި ފުލުހުން އަދި ޕީޖީ އޮފީހުންވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ހަމަ މިކަން ރާއްޖެ އެމްވީ އަށް އެނގިފާކަމަށްބުނެ އެ ނޫހުގައި ރިޕޯޓް ކޮށްފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްވެސް ވަނީ މި މައުލޫގައި ޓްވީޓެއް ކުރައްވާފަ އެވެ.
އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ރޭގަ ޕީޖީ ބިޝާމް ވަނީ އެސްއޯއީ ނިމިފައިވާކަމާ ބަންދުގަ ތިބި ހުރިހާ ފަރާތްތައް މިނިވަން ކުރުމަށް އަންގާފަ ކަމަށެވެ.
"ޕީޖީގެ ލަފަޔަށް އަމަލުކުރަން އޭޖީ އަނިލް ވަނީ ލަފާދީފަ، މިކަން ހުއްޓުވަނީ ޔާމީންގެ އޯޑަރަށް ނަވާޒް. ފުލުހުންނާއި ސިފައިން އަށް ގާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލަން" މަހްލޫފްގެ ޓްވީޓްގައި ވެ އެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް