ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ރާނީ މުކަރްޖީ އަކީ އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުން މީޑިޔާ އާއި ދުރުގައި ގެންގުޅޭ ތަރިއެކެވެ. އެހެންނަމަވެސް ދާދިފަހުން ރާނީ ވަނީ އޭނާގެ ދަރިފުޅާ ބެހޭގޮތުން މީޑިޔާގައި ވާހަކަ ދައްކާފައެވެ. ރާނީ ބުނީ އޭނާގެ ދަރިފުޅު އަދީރާއަށް ނެށުމާއި ބޮކްސިންގ ދަސްކޮށްދޭން އޭނާ މިހާރު ކެތްމަދުވެފައިވާކަމުގައެވެ. " އަހަރެންގެ މަންމަ ދުވަހަކުވެސް އަހަންނަކަށް ފިލާވަޅުތައް ހެދުމުގައި އެހީތެރިއެއް ނުވޭ، އެހެންވީމާ އަހަރެންވެސް ކަންކުރާނީ މަންމަ ކަންތައްކުރިގޮތަށް އަހަރެންގެ ދަރިފުޅާ ދޭތެރޭ." ރާނީ ބުނެފައިވެއެވެ. ރާނީ މިވާހަކަތައް ހިއްސާކޮށްފައިމިވަނީ ދެން އެންމެ އަވަހަށް ނިކުތުމަށް ހަމަޖެހިފައިވާ ރާނީގެ ފިލްމު ހިކްޗީގެ ލަވައެއް ލޯންޗްކުރުމަށް ބޭއްވި ހަފްލާއެއްގައެވެ.
ވިހެއުމަށްފަހު ރާނީ އަލުން ސްކްރީނަށް އައުމަށް ހަމަޖެހިފައިވަނީ ހިކްޗީންނެވެ. ކައިވެންޏަށްފަހު ރާނީ މުކަރްޖީ ފެނިގެންގޮސްފައިވަނީ "މަރްދާނީ " މިފިލްމުންނެވެ. 1997 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ރާނީ މުކަރްޖީ ވަނީ ތަފާތު އެކި ރޯލްތަކުން ފެނިގެންގޮސްފައެވެ. އަދި އޭނާއަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް އެކްޓްރެސްއެވެ. ތަފާތު ގިނަ އެވޯރޑްތައް އެކި ހަފްލާތަކުގައި ރާނީއަށް ލިބިފައިވާއިރު 2014 ވަނަ އަހަރު ރާނީ އަދިތްޔާ ކައިވެނިކުރުމަށްފަހު ފިލްމީ ދާއިރާއާ ވަނީ ދުރަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް