ކައިވެނި ކޮށްގެން ކަމަށްބުނެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާއި ކުއްޖާގެ މަންމަ ހައްޔަރުކޮށްފި

ޚައުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށްބުނެ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި، ހަރުކަށި ފިކުރު ގެންގުޅޭ މީހަކާއި އަންހެން ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ. މި މައްސަލަ...

21 Jan 2020 | 18:35

ޚައުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށްބުނެ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި، ހަރުކަށި ފިކުރު ގެންގުޅޭ މީހަކާއި އަންހެން ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގާ ޏ. ފުވައްމުލަކުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެމީހާއަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ އަންހެން ކުދިންނާއިމެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގިކަމުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަންހެން ކުއްޖާގެ މަންމަވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަންހެން ކުއްޖާގެ މަންމަ ހައްޔަރުކުރީ ދަރިފުޅާއިމެދު އިހުމާލުވެފައިވާތީ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހައްޔަރު ކުރި އަންހެން މީހާގެ އުމުރަކީ 35 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް