މަގާމުން ވަކިކުރީ ޖަލު ހިލުވާލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން: މުނާޒް

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒު ވަކި ކުރީ ޖަލުތައް ހިލުވާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުންކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. މަގާމުން ވަކި ކުރުމުން ކުރި ޓުވީޓެއްގައި މުނާޒު ވިދާޅުވީ...

21 Jan 2020 | 17:03

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒު ވަކި ކުރީ ޖަލުތައް ހިލުވާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުންކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކި ކުރުމުން ކުރި ޓުވީޓެއްގައި މުނާޒު ވިދާޅުވީ އޭނާ މަގާމުން ވަކިކުރީީ ޖަލުު ހިލުވާލަން ކޯލިޝަން ތެރެއިންނާއި ބޭރުން ގުޅިގެން ކުޅުނު ކުޅިގަނޑު ނާކާމިޔާބު ވުމުން ކަމަށެވެ. މުނާޒު ވިދާޅުވީ އެފަދަ ކަމެއްގައި ވަޒީފާއިން ވަކި ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.

https://twitter.com/a_munaaz/status/1219605117281783808

މުނާޒު މަގާމުން ވަކިކޮށްފައި މިވަނީ ޖަލުލަތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެކަންކަން އިސްލާހު ކުރަން މުނާޒު މަސައްކަތް ނުކުރައްވާ ކަމަށް އާންމުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

މުނާޒު މަގާމުން ވަކިކޮށް އެ މަގާމަށް އައްޔަން ކޮށްފައިވަނީ ޖަލުލަތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެކަންކަން އިސްލާހު ކުރަން މުނާޒު މަސައްކަތް ނުކުރައްވާ ކަމަށް އާންމުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް