ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގަ ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް": ރައީސް

ކުޑަކުދިންނާއި ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހު...

21 Jan 2020 | 16:46

ކުޑަކުދިންނާއި ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ހުށަހެޅިފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ހުރިހާ މުވައްސަސާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މިފަދަ މައްސަލަތައް ދިވެހި މުޖްތަމަޢުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޖިންސީ އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން މަޝްވަރާކުރި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގަ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ. މި މައްސަލައިގަ ކުއްޖާގެ ބައްޕަ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް