ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒް މަގާމުން ވަކިކޮށް އެހެން ބޭފުޅަކު އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
އަލަށް އެ މަގާމު ހަވާލު ކުރެއްވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅާއި އެވެ. އޭނާ އަކީ ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ އަހަރު ކަރެކްޝަންސްގެ ވަޒީފާއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން އަހުމަދު ހުންނެވީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމުގަ އެވެ.
މަގާމުން ވަކިކުރިކަން އަންގާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިއަދު މުނާޒަށް ފޮނުއްވާފައިވާ ސިޓީއެއްގައި އެވެ. އެ ސީޓީގެ ކޮޕީއެއް މުނާޒު ވަނީ ޓުވީޓު ކުރައްވާފަ އެވެ.
https://twitter.com/a_munaaz/status/1219606094391021575
މުނާޒު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ. މުނާޒު މަގާމުން ވަކިކޮށްފައި މިވަނީ ޖަލުލަތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެކަންކަން އިސްލާހު ކުރަން މުނާޒު މަސައްކަތް ނުކުރައްވާ ކަމަށް އާންމުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް