ފަތުރުވެރިކަމުގެ މިދިޔަ އަހަރުގެ އަމާޒު ހާސިލްވި، އެންމެ ގިނައީ ޔޫރަޕް ފަތުރުވެރިން

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން އައި މިދިޔަ އަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން49 ޕަސެންޓު ހިއްސާ ކުރަނީ ޔޫރަޕްގެ ގައުމުތަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓ...

21 Jan 2020 | 10:11

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން އައި މިދިޔަ އަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން49 ޕަސެންޓު ހިއްސާ ކުރަނީ ޔޫރަޕްގެ ގައުމުތަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ޔޫރަޕްގެ ގައުމުތަކުން833،904 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު14.8 ޕަސެންޓު އިތުރު އަދަދެކެވެ.

ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. އެ ސަރަހައްދުގެ ގައުމުތަކުން705،117 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ41.4 ޕަސެންޓެވެ.

ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އެމެރިކާ ސަރަައްދުން ޒިޔާރަތްކޮށްފައިވަނީ ފަހެއް ޕަސެންޓު ފަތުރުވެރިންނެވެ. އެއީ84،793 ފަތުރުވެރިންނެވެ. މީގެ އިތުރުން މެދުއިރު މައްޗާއި އެފްރިކާ ބައްރުގެ ގައުމުތަކުން މިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު14.7 ޕަސެންޓުގެ ކުރި އެރުމެކެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، އިންޑިއާ އަދި އިޓަލީވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ އަހަރަށް އެ މިނިސްޓްރީން ކަނޑައެޅި1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 24 ވަނަ ދުވަހު ހާސިލްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް