ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަނީ

ކުޑަކުދިން ރޭޕް ކުރުމާއި ގާސިމް ހަސަންގެ މަރުގެ މައްސަލައިގަ ފުލުހުންގެ އިހުމާލު އޮތްކަން އެނގޭއިރު ފިޔަވަޅު ނާޅާ މިސްރާބު ބަދަލު ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވ...

21 Jan 2020 | 09:30

ކުޑަކުދިން ރޭޕް ކުރުމާއި ގާސިމް ހަސަންގެ މަރުގެ މައްސަލައިގަ ފުލުހުންގެ އިހުމާލު އޮތްކަން އެނގޭއިރު ފިޔަވަޅު ނާޅާ މިސްރާބު ބަދަލު ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަތައް ބެލުމުގައި އިހުމާލުވި ފުލުހުންނާއި މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި މިހާރު މަސައްކަތް ކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދިމާލަށް މިސްރާބު ބަދަލު ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އާއި ދެކޮޅަށް އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ މިފަހަރުވެސް ހަތިޔާރަކަށް ބޭނުން ކުރަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެވެ. ހަތިޔާރަކަށް ބޭނުން ކުރުމުގެ މާނައަކީ ދައުލަތުގެ ދިފާއުގައި އެ ދެބޭފުޅުން ހެކިބަސް ދެއްވުން ކަމަށް އެކަށީގެންވެ އެވެ.

https://twitter.com/MJameelAhmed/status/1219543523663331334

މިކަމާގުޅިގެން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

ކުރީގެ ރައީސް ޔާމީން މިހާރު ގެންދަވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމުގައި އެމަނިކުފާނުގެ މައްޗަށްވަނީ ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް އަމުރުކޮށްފައި އެވެ.

މި އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ. އިސްތިއުނާފު އަޑުއެހުންތައް މިމަހުގެ28 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް