ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިކުރަން ޕެޓިޝަނެއް

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ދިމާވެފައިވާ އެކަހެރިކަމާއި ދަތިކަން ހައްލުކުރުމަށްޓަކައި އެ ދެ ރަށަށް އަލުން ރަށުގެ ހައިސިއްޔަތު ލިބިދިނުމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބ...

21 Jan 2020 | 09:29

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ދިމާވެފައިވާ އެކަހެރިކަމާއި ދަތިކަން ހައްލުކުރުމަށްޓަކައި އެ ދެ ރަށަށް އަލުން ރަށުގެ ހައިސިއްޔަތު ލިބިދިނުމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދެ ރަށުގައި ވެސް ރަށު ކައުންސިލެއް އުފައްދަން އެދި  ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން "އަފިރިންގެ ކައުންސިލް އަފިރިންނަށް" ނަމުގައި ހުށަހެޅި އެ ޕެޓިޝަންގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހައި ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ.

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މިވަގުތު ދަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެރަށް ތަކުގެ ރައްޔިތުން ސޮއި ކުރަމުންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ދެ ރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށް ބުނާ ޕެޓިޝަނެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް