ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނު ކުރި ފަހުން ފެތުރެމުންދާ ހިމަބިހި ނައްތާލުމަށް އެ ބައްޔަށް ދޭ މީސަލްސް ވެކްސިންގެ އިތުރު ޑޯޒެއް ދޭން ފަށައިފި އެވެ.
ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެކްސިން ދޭނީ ހަ މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިންނަށެވެ. މިއުމުރުފުރާގެ ކުދިންގެ ތެރެއިން އިތުރު ޑޯޒް ދޭނީ އެންމެ ފަހުން މީސަލްސް ވެކްސިން ޖެހި ފަހުން ހަތަރު ހަފްތާ ފުރިހަމަވެފައިވާ ކުދިންނަށް ކަމަށެވެ.
އެޗްޕީއޭއިން ބުނީ މީސަލްސް ވެކްސިންގެ އިތުރު ޑޯޒެއް ދޭން ނިންމީ ހިމަބިހި ޖެހިއްޖެެ ނަމަ އެ އުމުރުފުރާގެ ކުދިންނަށް ނުރައްކާ ބޮޑު ކަމުންނެވެ.
ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ސޯޝަލް ސެންޓަރާއި ދަމަނަވެށީގައި އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގައި އާއި ވިލިމާލޭ ހޮސްޕިޓަލުގައި އެވެ. ވެކްސިން ދިނުން ކުރިޔަށް ދާނީ މިއަދު ހެނދުނު9:00 ން ހަވީރު5:00 އަށެވެ.
މީސްލްސް ވެކްސިން ނުވަތަ އެމްއާރުއެމްގެ ފުރަތަމަ ޑޯޒް ދެނީ އުމުރުން ނުވަ މަހުގަ އެވެ. އަދި ދެ ވަނަ ޑޯޒް ދެނީ 18 މަހުގަ އެވެ.
ހިމަބިހި ފެތުރޭކަން އިއުލާނު ކުރި ފަހުން ޓެސްޓު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް