ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުން ދަންޖައްސަން ޖާބިރު މަޖިލީހަށް ހުށަހަޅައިފި

ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުންގެ މައްޗަށް ކަނޑައަޅާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައި މެރުން" ކަމަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ...

21 Jan 2020 | 08:48

ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުންގެ މައްޗަށް ކަނޑައަޅާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައި މެރުން" ކަމަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކުދަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްޗަށް ގާނޫނުގައި މިހާރު ބަޔާން ކޮށްފައިވާ އަދަބަކީ ޖަލަށް ލުން ކަމަށް ވީއިރު، އެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް އޮންނަ އަދަބެއް ނޫން ކަމަށެވެ.

ކުށް ސާބިތުވާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ޖަލަށް ލުން ކަމަށް ވާތީ އެގޮތުގެ މަތިން ކުރެވޭ ހުކުމްތައް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ކުޑަ ދުވަސްކޮޅަކު ބެހެއްޓުމަށްފަހު އެފަދަ ފަރާތްތައް ދޫކޮށްލާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ މައްސަލަތައް ތަކުރާރުވަމުން އައިސްދާނެ ކަން ގަބޫލު ކުރަން ޖެހިފައިވާ ކަމަށާއި އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުމަށްޓަކައި މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތްތައް މަޖިލީހުން ފަށަން ޖެހޭ ކަމަށް ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ

ޖާބިރު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގެ އަންގަވާފައިވާ ރިވެތި އަހްލާގު ހިފަހައްޓަންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް