ލާމުގައިވެސް އެންމެ ކުރީގައި ލިޓަސް

ފުޅާ ދާއިރާއެއްގައި އޮޓޯމޯބައިލްސްގެ ވިޔަފާރި ކުރަމުން އަންނަ ލިޓަސް އޮޓޯމޮބައިސްލްގެ އައުޓްލެޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިރު އޮޓޯމޮބައިލްސް ވިޔަފާރީގައި ލާމުގައިވެސް އެންމެ ކުރީގައި އ...

21 Jan 2020 | 08:10

ފުޅާ ދާއިރާއެއްގައި އޮޓޯމޯބައިލްސްގެ ވިޔަފާރި ކުރަމުން އަންނަ ލިޓަސް އޮޓޯމޮބައިސްލްގެ އައުޓްލެޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިރު އޮޓޯމޮބައިލްސް ވިޔަފާރީގައި ލާމުގައިވެސް އެންމެ ކުރީގައި އުޅެނީ ލިޓަސް އެވެ.

މާލޭގައި ހުންނަ ލިޓަސްގެ މައި އައުޓްލެޓާ އެއް އަގެއްގައި ލާމުގައިވެސް އަދި އެހެން އައުޓްލެޓްސް ތަކުގައިވެސް ސައިކަލު ވިއްކަމުން އަންނައިރު ލިޓަސްއިން ވިއްކާ ހުރިހާ ބްރޭންޑެއްގެ ސައިކަލުތައް ލާމުގައި ހުރި ލިޓަސްގެ އައުޓްލެޓުންވެސް ލިބެން ހުރެއެވެ.

ދުވަހަށް މައުލޫމާތުދެމުން ލ. ފޮނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ލާމުގައި ލިޓަސްގެ އައުޓްލެޓެއް ހުރުމަކީ ގުޅިފައިވާ ރަށްތަކާއި ބިން ބޮޑު ލާމު އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިފައިވާ ބޮޑު ލުޔެއް ކަމަށެވެ. އެގޮތުން މިހާރު ސައިކަލެއް ގަންނަން މާލެ ނުގޮސް ލާމުން މިކަން ކުރެވޭ ކަމީ ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ފާހަގަކުރިއެވެ. އަދި މާލެއިން ސައިކަލު ގަންނަ ނަމަ ދޯންޏަށް އަރުވައިގެން ކުރަން ޖެހޭ ދިގު އިންތިޒާރަށް މިހާރު ނިމުމެއް އައިސްފައިވާކަންވެސް ފާހަގަކުރެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މާލެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިޓަސްގެ 10 އައުޓްލެޓް ހުރެއެވެ. އަދި އެ ހުރިހާ އައުޓްލެޓްތަކުންވެސް މާލެއިން ގަންނަން ލިބޭ އަގުގައި ސައިކަލު ގަންނަން ލިބޭނެ ކަމުގައި އާސިފް ވިދާޅުވިއެވެ.

ލިޓަސްގެ އައުޓްތައް ހުންނަ ރަށް ރަށަކީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ޏ. ފުވައްމުލައް، ސ. ހިތަދޫ، ސ. ފޭދޫ އަދި ދ. ކުޑަހުވަދޫއެވެ.

މީގެ އިތުރުން ލިޓަސް އިން އަންނަނީ "ސައިކަލު ރަށަށް" މި ނަމުގައި ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަމުންނެވެ. މިދިޔަ އަހަރު ފެށި މި ޕްރޮމޯޝަންގައި ލިޓަސް އިން އަންނަނީ، ލިޓަސް އިން ވިއްކާ ސައިކަލުތަކާއެކު ލިޓަސްގެ ހާއްސަ ޓީމެއް އެކި ރަށްރަށަށް ދަތުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް