އިޓަލީގައި ރާއްޖެ އިސްތިހާރުކުރާ ހަރަކާތެއް ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިޓަލީގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ. އިޓަލީ މާކެޓަށް އަމާޒުކޮށް ފެށި މި ކެމްޕެއިންގެ ދަ...

21 Jan 2020 | 07:13

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިޓަލީގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.

އިޓަލީ މާކެޓަށް އަމާޒުކޮށް ފެށި މި ކެމްޕެއިންގެ ދަށުން އިޓަލީގެ އެންމެ ބޮޑު 10 އެއާޕޯޓެއްގައި ބަހައްޓާފައިވާ 300 އަށް ވުރެން ގިނަ ސްކްރީންތަކުގައި ރާއްޖޭގެ މަންޒަރުތައް ދައްކާނެ އެވެ.

މި ކެމްޕެއިންގައި އިޓަލީގެ މިލާންގައި ދަތުރުކުރާ ޓްރޭމްއެއް ރެޕްކޮށްފައި ވެއެވެ. ޓްރޭމްގައި ޖަހާފައިވާ އިޝްތިހާރުތަކަކީ ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވޭނެ އެންމެ ތަފާތު ކަންކަމެވެ.

އެމްއެމްޕީއާރުސީން ބުނީ، އިޓަލީ މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރަން މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ކެމްޕޭނުގައި ރާއްޖެއަކީ ޗުއްޓީ ހޭދަ ކުރުމަށް އިޓަލީގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް