ތިން ކޯޓެއްގެ ފަނޑިޔާރު ކަމުގެ ހުވާ ޖުމްލަ 7ބޭފުޅަކު ކުރައްވައިފި އެވެ.
މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގައި އޮތް ރަސްމިއްޔާތެއްގައި ހުވާ ކުރެއްވީ، ކްރިމިނަލް ކޯޓަށް ބޭފުޅަކު، ސިވިލް ކޯޓަށް ހަތަރު ބޭފުޅަކު، ކ. ގުރައިދޫ މެޖިސްޓްރޭޓޫ ކޯޓަށް ބޭފުޅަކު އަދި ތ. ހިރިލަންދޫ މެޖިސްޓޭޓު ކޯޓަކަށް ބޭފުޅެކެވެ.
ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، މީގެ ކުރިން ކޯޓުތަކުގެ ފަނޑިޔާރުންނަށް އެކަށީގެންވާ ތަމްރީނުތައް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ.
މަސްތޫރު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ޖޭއެސްސީއަށް އެންމެ ގިނައިން އާންމުންގެ ފަރާތުން މައްސަލަ ހުށަހެޅީ ކޯޓުތަކުގައި މައްސަލަތައް ލަސްވެގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް