"އެޖެންޑާ 19 ރަށަށް" ނަމުގަ އެމްޑީޕީގެ ހާއްސަ ހަރަކާތެއް

އަންނަ އެޕްރީލް މަހު ބައްވާ ލޯކަލް ކައުންސިލުން އިންތިހާބުގެ ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، "އެޖެންޑާ 19 ރަށަށް" ޝިއާރުގެ ދަށުން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގަން އެ ޕާޓީއިން ނިން...

21 Jan 2020 | 05:53

އަންނަ އެޕްރީލް މަހު ބައްވާ ލޯކަލް ކައުންސިލުން އިންތިހާބުގެ ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، "އެޖެންޑާ 19 ރަށަށް" ޝިއާރުގެ ދަށުން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގަން އެ ޕާޓީއިން ނިންމައިފިއެވެ.

އެ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ކުރިއަށް މި އޮތް ހަފްތާ ބަންދުގައި އެމްޑީޕީގެ 18 ޓީމަކުން ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ރަށްރަށަށް ޒިޔާރަތް ކޮށް ދޮރުން ދޮރަށް ހިނގައި ފާހަގަވި ކަންކަމާ ގުޅޭ ގޮތުން، އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ހުރިހާ ރަށެއްގެ ކެމްޕޭންގެ އިސް ފަރާތްތައް ބައިވެރިކޮށްގެން ވޯކްޝޮޕެއް ބާއްވާން ވެސް ހަމަޖެހިފައިވާ ކަން ޝިފާޒް ވަނީ ފާހަގަކުރައްވާފައެވެ.

އެ ހަރަކާތް ކުރިއަށް ގެންދަން އެމްޑީޕީއިން ނިންމާފައިވަނީ، މި މަހުގެ 23-25 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް