އަންހެނުން ކޮމިޓީއާ ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވ...

21 Jan 2020 | 05:38

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.

އިލެކްޝަނަސް ކޮމިޝަނުން ބުނީ މި ލިސްޓުތައް އިއްޔެއިން ފެށިގެން ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުގެ އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނަމްބަރު1414 އަށް މެސެޖުކޮށްގެންވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެ ކަމަށެވެ.

މި އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ31 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގެންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ8:30 ން ފެށިގެން މެންދުރު ފަހު3:00 އަށެވެ. ބަންދު ދުވަސްތަކުގައި ޝަކުވާ ބަލައިގެންނާނީ ހެނދުނު9:00 ން މެންދުރު ފަހު3:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ އިންތިހާބާއި ބެހޭ މައި އިދާރާ ބާ ޖަމާލުއްދިީން އިންނެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި އަވަށު އޮފީސްތަކުންނެވެ. ކުޅުދުއްފުށީ ސިޓީ އާއި އެހެން ރަށްރަށުގައި ޝަކުވާ ބަލައިގެންނާނީ ރަށު ކައުންސިލް އިދާރާއިންނެވެ.

ކައުންސިލް އިންތިހާބުގައި980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.

މި އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރެއް އޭޕްރިލްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް